ads
ނ ނަމަދޫ އަންނާރުމާގޭ ނައީމާ މޫސާ
ނައީމާގެ މަރުގެ މައްސަލާގައި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
Advertisement

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން 30 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކުރި 21 އަހަރުގެ މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާއި އެ އުމުރުގެ ދެ ވަނަ މީހަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި މީހާ ދިން މައުލޫމާތަށް ބަލައި ފުލުހުން އިތުރު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއާ އެކު ފުލުހުންގެ ފަރާތުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެ މީހުން ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށް ބުނެފައެވެ.

ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެރަށު "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރި ތެރެއިން މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ. 

ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވި، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ފުލުހުން ކުރިން ބުނެފައިވާއިރު ތަހުގީގާ ގުޅިގެން ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވެ، ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވެއެވެ. 

އެ ސާމްޕަލްތަކުގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ހިމެނޭއިރު، އެ ރަށުން ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕަލްވެސް ނަގާފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް