ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބުރުނީގައި ވަނީ ގިނަ ހަރާތްތަކެއް ބާއްވާފައެވެ. އަދި އެ ރަށަށް ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި، އަތޮޅު ކައުންސިލްގެ ކައުންސިލަރުން އަދި އިސްވެރިން ދުރުވިއެވެ.
ބުރުނީގައި ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވަނީ މެންދުރުގެ ކެއުމެއް ވެސް ރަށުގެ ހުރިހާ ރައްޔިތުންނަށާއި ދުރުވި މެހެމާނުންނަށް ދީފައެވެ. އެގޮތުން އެ ކެއުން ތައްޔާރުކޮށްފައިވަނީ ސަގާފީ ކޭންތަކާއި އެއްގޮތަށް މަލާފަތްތަކުގައެވެ. ކޭމުގެ އިތުރުން އެރަށުގައި ވަނީ ހާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ.
ކޮޅުމަޑުލު އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލްގެ ފަރާތުން ބުރުނީ ބަނދަރުގައި ވަނީ ގަހެއް ވެސް އިންދާފައެވެ. އަދި ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ހާއްސަ މައުރަޒެއްވެސް ވަނީ އެރަށު ސްކޫލުގައި ކުރިއަށް ގެންގޮސްފައެެވެ.
އެރަށަށް ތިމާވެށީގެ ދުވަސް ފާހަގަކުރަން ދުރުވި މެހެމާނުންނަށް ހާއްސަކޮށް ރޭގަނޑުގެ ކެއުމެއްވެސް އެރަށު ކަމަނަ ތުނޑީގައި ހޮނިހިރު ދުވަހުވަނީ ބާއްވާފައެވެ.