ޖެންޑާ މިނިސްޓްރީން ބުނީ ގުރައދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފަކު އެތަނުގެ ބެލުމުގެ ދަށުގައިވާ ބަލި މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އަދި އެފަރާތުގެ ކާޑު ބޭނުން ކޮށްގެން އޭ.ޓީ.އެމް އިން ޓްރާންސެކްޝަންތަކެއް ހަދާފައިވާ ކަމަށް ބުނާ މައްސަލަ ބަލާ ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވިފައިވާ މުވައްޒަފު މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.
" މައްސަލަބަލައި ވަކިގޮތަކަށް ނިމެންދެން މުވައްޒަފު ވަނީ ސަސްޕެންޑް ކުރެވިފައި " ޖެންޑާ މިނިސްޓީން ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މެދު އިހުމާލުވާ މައްސަލައާއި އަނިޔާ ކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ.