ads
ސޫ-ރިއުން
ފިލްމީތަރި ތަރި ރިޔުން ސިޑިއަކުން ވެއްޓި މަރުވެއްޖެ
ކޮރެއާގެ މަޝްހޫރު ފިލްމީތަރި ޕާކް ސޫ-ރިއުން ސިޑިއަކުން ވެއްޓި މަރުވެއްޖެއެވެ.

އުމުރުން 29 އަހަރުގައި ރިއުން މަރުވިއުރު، އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މިއުޒިކަލް ފިލްމު "އިލް ޓެނޯރ"، "ފައިންޑިންގ ކިމް ޖޮންގް-ވޫކް"، "ސިދާރްތާ" އަދި " ދަ ޑޭ ވީ ލަވްޑް." އަދި 2021 ވަނަ އަހަރު ރިލީޒްކުރި ކޭ ޑްރާމާ ސީރީޒް "ސްނޯޑްރޮޕް" އިންނެވެ. 

ހޯމަ ދުވަހު ސިޑިއަކުން ވެއްޓިގެން ލިބުނު ގެއްލުންތަކާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ

އޭނާގެ އާއިލާއިން ވަނީ އޭނާގެ ގުނަވަންތައް ހަދިޔާކުރަން ނިންމާފައެވެ.

ޕާކް ސޫ-ރިއުން އަކީ ހުނަރުވެރި ބަތަލާއެއްގެ އިތުރުން މިއުޒިކަލް ތިއޭޓަރުގެ ތަރިއެކެވެ.

ސޫ-ރިއުންގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައް:

މިއުޒިކަލްސް:

އިލް ޓެނޯ (2018)

ކިމް ޖޮންގް ވޫކް (2019)

ސިދާރުތާ (2020)

ދަ ޑޭ ވީ ލަވްޑް (2021)

ކޭ-ޑްރާމާތައް:

ސްނޯޑްރޮޕް (2021)

އޭނާގެ މަރަކީ ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށާއި އޭނާގެ ފޭނުންނަށް ލިބުނު ޝޮކެކެވެ. އެއީ އުޖާލާ މުސްތަގުބަލެއް އޮތް ކުރިއަރަމުން އަންނަ ތަރިއެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް