ޔުކްރެއިންގެ ދިފާއީ ވަޒީރުގެ ނައިބު ގާނާ މާލިޔާ ވިދާޅުވީ އަލުން ޔުކްރެއިން މިނިވަންކުރުމަށް ސިފައިން ކުރަމުން ގެންދާ ހަނގުރާމަ ވަރަށް ކާމިޔާބުކަމަށާއި މިހާތަނަށް ރަޝިއާއިން ހިފާފައިވާ ހަތް ސަރަހައްދެއް އެއްކޮށް މިނިވަން ކުރެވިފައިވާ ކަމަށެވެ.
އަދި ޔުކްރެއިންގެ ބިމުން ރަޝިއާ ސިފައިން ފައްސާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކަމާއި ރަޝިއާ ސިފައިން މިހާރުވެސް ބައެއް ސަރަހައްދުތަކުން ފަހަތަށް ޖެހިފައިވާކަމަށް މާލިޔާ ވިދާޅުވިއެވެ.
މާލިޔާ ވިދާޅުވީ ޔުކްރެއިން ސިފައިން ފަށާފައިވާ ރައްދު ހަމަލާތަކުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 102 ކިލޯމީޓަރުގެ ސަރަހައްދެއް މިނިވަން ކުރެވިއްޖެ ކަމަށެވެ.
ރަޝިއާ ސިފައިން ޔުންކެއިނަށް އަރާ ކުރަމުންދާ ހަނގުރާމައަށް ދޮޅު އަހަރު ވާން ކައިރިވެފައިވާއިރު ރަޝިއާގެ މަގްސަދު ހާސިލްނުވެ ރަޝިއާއަށްވެސް އަންނަނީ އިގްތިސާދީ އަދި އަސްކަރީ ގެއްލުންތައް ވަމުންނެވެ.
އެމެރިކާއާއި ޔޫރަޕް އަދި ނޭޓޯގެ މަދަދުވެރިކަމާއެކު ކުކްރެއިން ސިފައިން ދެމުންދާ ރައްދު ހަމަލާތަކުގައި އިން ހުރަސްކޮށް ދޭތެރެ ދޭތެރެއިން ރަޝިއާއަށްވެސް މިހާރު އަންނަނީ ހަމަލާތައް އަމާޒު ވަމުންނެވެ.