ކޮކާ-ކޯލާއިން ބުނީ ސްޕްރައިޓް ޒީރޯ ޝުގާ 330 އެމްއެލްގެ ދަޅު ތައާރަފުކޮށް، އެ ބްރޭންޑުގެ އަމާޒަކީ ރާއްޖޭގެ އަބަދުވެސް ޝައުގުވެރިވާ އަދި ވިސްނުންތެރި ކަސްޓަމަރުންނަށް ހަކުރު އެކުލެވިގެން ނުވާ އެހެން ގޮތްތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުން ކަމަށެވެ.
ސްޕްރައިޓް ޒީރޯ ޝުގާއަކީ، އެތައް ޒަމާނެއް ވަންދެން ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ސްޕްރައިޓުގެ ލެމަން-ލައިމް ރަހަ، އެއްވެސް ހަކުރަކާއި ކެލޮރީއަކާ އަދި އާޓިފިޝަލް ރަހައަކާ ނުލައި ގެނެސްދޭ ބުއިމެެއް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
އެ ކުންފުނިން ބުނެފައިވަނީ ސްޕްރައިޓް ޒީރޯ ޝުގާ ތައާރަފުކުރުމަކީ ކޮކާ-ކޯލާގެ ޕޯޓްފޯލިއޯގައި ހަކުރުގެ މިންވަރު މަދުކުރުމަށް ދުނިޔޭގެ ފެންވަރުގައި ގެންގުޅޭ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. މީގެ ބޭނުމަކީ، ސްޕްރައިޓަށް ގަޔާވާ ފަރާތްތަކަށް އެ ފަރާތްތަކުން މުހިންމު ކަމަށް ދެކޭ ކަންކަން ގުރުބާން ނުކޮށް، އިހުތިޔާރު ކުރެވޭނެ ގިނަ ގޮތްތަކެއް ފޯރުކޮށްދިނުން ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
ސްޕްރައިޓް ޒީރޯ ޝުގާއަކީ މިހާރުވެސް ރާއްޖޭގައި ލިބެން ހުރި މަޝްހޫރު ކޯކް ޒީރޯ އާއި ޑައިޓް ކޯކް ހިމެނޭ ކޮކާ-ކޯލާ މޯލްޑިވްސްއިން ވިއްކާ ހަކުރު އެކުލެވިގެން ނުވާ ބުއިންތަކުގެ ލިސްޓަށް އިތުރުވި ބޮޅެކެވެ. ކޮކާ-ކޯލާއިން ބުނީ މި ހިތްގައިމު އާ ބުއިމަކީ ރަހައަށް ބަދަލު ނާންނަ ގޮތަށް އަމިއްލަ ނަފްސު ތާޒާކޮށްލެވޭނެ ގިނަ ގޮތްތަކެއް ހޯދަމުން އަންނަ ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދުމަށް ފަރުމާކޮށްފައިވާ ބުއިމެއް ކަމަށެވެ.
ޕަންކަޖް ސިންހާ ވިދާޅުވި ގޮތުގައި ޒީރޯ ޝުގާ ބުއިންތަކުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު، ސްޕްރައިޓް ޒީރޯ ޝުގާއަކީ އެއްވެސް ކެލޮރީއަކާ ނުލައި އެހެން ގޮތެއް ބޭނުންވާ މީހުންގެ ކަރުހިއްކުން ފިލުވާލުމަށް ބޭނުންތެރި އިތުރު ބުއިމަކަށް ވާނެކަން ޔަގީން ކަމުގައެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ ސްޕްރައިޓް ޒީރޯ ޝުގާ ރާއްޖެއަށް ތައާރަފުކުރުމާ އެކު، އެންމެ ފުރަތަމަ ވިއްކާނީ 330 އެމްއެލްގެ ދަޅު ކަމަށާއި 500 އެމްއެލްގެ ދަޅު މި އަހަރުގެ ފަހުކޮޅު ތައާރަފު ކުރެވޭނެ ކަމަށެވެ. ސްޕްރައިޓް ޒީރޯ ޝުގާ 330 އެމްއެލް ދަޅު މިއަދުން ފެށިގެން ރާއްޖޭގެ ބޮޑެތި ރީޓެއިލް ފިހާރަތަކާއި ސުޕަމާކެޓްތަކާއި އާންމު ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނީ ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ލޭބަލްގައި ކަޅު ކުލައިން ޖަހާފައިވާ ޒީރޯ ޝުގާއަށް ބަލާލުމުން ކަސްޓަމަރުންނަށް ސްޕްރައިޓް ޒީރޯ ޝުގާ ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.
މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ ވިދާޅުވި ގޮތުގައި ސްޕްރައިޓްއަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބުއިމެއް ކަމުގައެވެ.
ސްޕްރައިޓް ޒީރޯ ޝުގަ އާއި ރާއްޖޭގައި ވިއްކާ ކޮކާ-ކޯލާގެ އެހެނިހެން އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު، ކޮކާ-ކޯލާ މޯލްޑިވްސްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައިގެން ނުވަތަ ސޯޝަލް މީޑިއާގައި spritemaldives@ ފޮލޯކޮށްލައިގެން އެންމެފަހުގެ އަޕްޑޭޓްތައް ހޯދާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 137 އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ އެމްއޭޑަބްލިއުސީ މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައްވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށް ގެންދެއެވެ.