ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ބަދަލުނުކޮށް ޖަލްސާ ކުރިއަށް ގެންދަން އިދިކޮޅުން ހުރަސް އަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ބަދަލުނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ އަމިއްލަ މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ހުރަސް އަޅަން ފަށައިފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ. 

މި މައްސަލަ އެޖެންޑާ ކުރިކަން އަމިއްލަ މެންބަރުންނަށް ނޭނގޭ ކަމަށާއި މި މައްސަލަ އަކީ ސާފުކޮށް އެޖެންޑާގައި ބަޔާންކޮށްފައިވާ މައްސަލައެއް ނޫން ކަމަށް އަމިއްލަ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ ބުނެފަ އެވެ. 

އެމްޑީޕީން ވަކިކުރުމުން މިވަގުތު މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ހައިސިއްޔަތުން ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެޖެންޑާ އެކުލަވާލާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮވޭ ލިޔެފައި. 54 ވަނަ މާއްދާގެ ށ. ގައި އޮންނަނީ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމޭ." - އާޒިމް

އާޒިމް ވިދާޅުވީ އެކަން އޭނާއަށް ވަރަށް ސާފު ކަމަށެވެ. ނަމަވެސް އެ ނުކުތާގެ ބާކީ ބައިގައި އެޖެންޑާގައި ހިމަނާ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށް ބުނާ އިރު މިއަދު އެޖެންޑާގައި އޮތް ކަންތައް ސާފެއް ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން އެމްޑީޕީން ވަކިވެ މިވަގުތު އަމިއްލަ މެންބަރުން ގޮތުގައި ތިއްބެވި ގިނަ މެންބަރުންވެސް ވަނީ މި މައްސަލަ ނަންގަވާފަ އެވެ. އެބޭފުޅުން ވިދާޅުވީ މި މައްސަލަ އެޖެންޑާއިން ނެގުމަށް ފަހު ނޫނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. 

ސަރުކާރާ އިދިކޮޅު މެންބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް އެތައް ފަހަރެއްގެ މަތިން ހުރަސް އެޅި ނަމަވެސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެ މެންބަރުންނާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ. 

ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންވަނީ ރިޔާސަތުގައި އަފީފް އިންނެވީ ރިޔާސަތުގެ ހުރިހާ ބާރަކާއި އެކުގައިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޖަލްސާއަށް ހުރަސް އަޅާ މެންބަރުންނަށް ފިޔަވަޅު ނާޅާތީ ކަންބޮޑުވުންވެސް ފާޅު ކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް