ads
މާފަރު---ފޮޓޯ: Ibrahim Egan @eegan unsplash
މާފަރު އެއާޕޯޓު ބޮޑުކުރާނަމަ ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ
ނ. މާފަރު އެއާޕޯޓު ބޮޑުކުރާނަމަ ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފިއެވެ.
ނ. މާފަރު އެއާޕޯޓު ބޮޑުކުރާނަމަ ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން އެހެން ބުނެފައިވަނީ މާފަރު އެއާޕޯޓު ބޮޑުކުރަން ހުއްދަ ނުދިން ސަބަބުތަކުގެ ތެރޭގައެވެ. އެގޮތުން މާފަރު އެއާޕޯޓު ބޮޑު ކުރަން ހުއްދަ ނުދިން ސަބަބު އިތުރު ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އެގޮތުން އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއެން ނެރުނު އެންވަޔަރަރަމަންޓް ޑެޝިޝަން ސްޓޭޓް މަންޓުގައި ބުނީ، އީއައިއޭ ހެއްދެވީ ޑރ. އަހްމަދު ޝާއިޤު ކަމަށެވެ. އީޕީއޭއިން މިހެން ނިންމިއިރު، މާފަރު އެއާޕޯޓުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު އެތަނުގައި ސީ ޕްލޭންގެ ހިދުމަތްވެސް ފަށުމަށް އަންނަނީ ރާވަމުންނެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖެއްސޭ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމުގެ ކުރިން އެ ފަސްގަނޑަށް ވެލާ އަރާ ބިސް އަޅާ އުޅުނެވެ. އަދި އެސަރަހައްދަކީ ވެލާ ގިނަ ސަރަހައްދެއް ކަމަށް ވެސް ވެއެވެ. އެގޮތުން މީގެ ކުރިން ވެސް އަދި މިއަދުގެ ވަގުތެއްގައި ވެސް މާފަރު އެއާޕޯޓަށް ވަނީ ވެލައެއް އަރާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް