ads
ރައީސް
ރައީސްގެ ކެމްޕެއިން ދަތުރުތައް ފައްޓަނީ، އަމާޒަކީ ހުރިހާ ރަށަކަށް ވަޑައިގަތުން
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
Advertisement

މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަހީދު ވިދާޅުވީ، ރައީސްގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުންކަމަށެވެ.  

ވެރިކަން ކުރާ މައި ޕާޓީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީންވެސް ދަނީ އީދު ބަންދަށްފަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. 

ރައީށްގެ ކެމްޕެއިން ދަތުރުތައް ފެއްޓުމަށް ތައްޔާރު ވަމުންދާއިރު މި ދުވަސްކޮޅަކީ އެމްޑީޕީއާއި އެހެނިހެން ޕާޓީތަކާއި މައްސަލަ ހޫނެވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ކޮންމެދުވަހު ދަނީ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގަމުންނެވެ. 

ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ.

ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުސަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް