ފެންމަތީގައި އޮޔާދިޔަ އެމީހާ ފުރަތަމަ ފެނުނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އެއީ މަރުވެފައިވާ މީހެއްކަމަށް ހީކޮށް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އައިސް އެމީހާ ނެގިއިރު އޭނާ މަރު ނުވާކަން ވަނީ އެނގިފައެވެ.
އެނގިފައިވަ ގޮތުގައި ފެންމަތީ އޮތް ނަމަވެސް އެމީހާ އޮތީ ހޭނެތިފައެވެ.
ފުލުހުން ބުނީ ރަސްފަންނާ ދިމާލުން މޫދުގައި އޮތް މީހަކު ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށެވެ. އެއީ އުމުރުން 24 އަހަރު ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.