ads
ޤްރާއާން ޓީޗަރެއް އޮންނައިލް ކްލާހެއްގައި
ކީރިތި ޤުރުއާން އުނގަންނައި ދެވޭނެ މިނިމަމް ސްޓޭންޑަޑް އެކުލަވާލައިފި
ކީރިތި ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑްތައް އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝް އޮތީރިޓީ އިން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ކީރިތި ގުރުއާން އިލްމުގެ މަތީ ތައުލީމްގެ ޕްރޮގްރާމްތަކާއި ، މުގައްރަރުތަކާއި އަދި އެ އޮތޯރިޓީން ބަޔާންކުރާ އެހެނިހެން ކަންކަމުގައި މިނިމަމް ސްޓޭންޑަޑްތަކެއް ހުންނަން ޖެހޭނެއެވެ. 

ކީރިތި ގުރުއާން އިލްމުގެ ދާއިރާގެ މަތީ ތައުލީމް ޕްރޮގްރާމްތަކުގެ މުގައްރަރު ހިމެނޭ ގޮތަށް މިނިމަމް ސްޓޭންޑަޑް ތަކެއް އެ އޮތޯރިޓީން ކަންޑައަޅަން ޖެހުނީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، މިއީ ދަރިވަރުންގެ މެދުގައި ފެންވަރާއިމެދު އޮންނަ ކަންބޮޑުވުމާއި ހިންހަމަނުޖެހުންތައް ކުޑަކުރުމަށް ހެދުނު ގަވާއިދެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝް އޮތީރިޓީން ބުނެފައިވެއެވެ. 

" އާންމުންނާއި ދާއިރާގެ މާހިރުންނާއި. ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، ދަރިވަރުންގެ މެދުގައި ފެންވަރާއިމެދު އޮންނަ ކަންބޮޑުވުމާއި ހިންހަމަނުޖެހުންތައް ކުޑަކުރުމަށް " ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން މަތީ ތައުލީމްދޭ ހުރިހާމަރުކަޒުތަކުގައި ކިޔަވައިދެއްވާ މުގައްރަރުތައް އެއްގޮތްކުރުމަކީވެސް މި ގަވާއިދު ހެދުމުގެ އެންމެ ބޮޑުއެއް ބޭނުންކަމުގައި އެމްކިއުއޭއިން ދެކެއެވެ. 

މިގަވާއިދަށް އަމަލު ކުރަންފެށުމުން ކީރިތި ޤުރުއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބެލެވޭނީ ގާރީ، ގިރާއަތު ޕްރޮގްރާމްތަކާއި، ގުރުއާން ޓީޗިން ޕްރޮގްރާމްތަކުގެ އިތުރުން އިމާމް ޕްރޮގްރާމްތަކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް