ads
ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ކެންގަރޫއެއް ދެ ބަފައިން ތަޅާ ބަލިކޮށްލައިފި
އޮސްޓްރޭލިއާގެ ޒޫއެއްގެ ތެރެއިން ރުޅިއައިސްގެން ނުކުތް ކެންގަރޫއެއް ދެ ފިރިހެނުންނާ ކުރިމަތިލައި އެމީހުން ބަލިކޮށް ފޮނުވާލައިފިއެވެ.

މި ހާދިސާ ހިނގި ގޮތަކީ އަންހެނަކަށް ކެންގަރޫއެއް ހަމަލާދޭތީ އެ ޕާކަށް ގޮސް ހުރި ފަތުރުވެރިއެއް އުޅުނީ ކެންގަރޫ ހުއްޓުވާށެވެ. 

ނަމަވެސް، އޭނާ އަމަލުކުރި ގޮތުން ކެންގަރޫ ވަނީ އިތުރަށް ރުޅިއައިސް އެ ފިރިހެން މީހާ ފަހަތުން އައިސް އޭނާ އާއި ތަޅަން މަސައްކަތްކޮށްފައެވެ. 

ކުޑަވަގުތުކޮޅެއްގެ ތެރެގައި އެ ފިރިހެން މީހާގެ ދަރިފުޅުވެއް އެ ކެންގަރޫއާއި ކުރިމަތިލާން އާދެއެވެ. ނަމަވެސް ދެ މީހުން ހިފެހެއްޓުމުން ވެސް ކެންގަރޫ މައިތިރިނުވެއެވެ. އެންމެ ފަހުން ދެ މީހުންނަށް ޖެހުނީ ކެންގަރޫ ހުރި ސަރަހައްދު ދޫކޮށް ދާށެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް، ކެންގަރޫ ވަކި އެޅުމުގެ ސަބަބުން ދެ މީހުން ވެސް ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް