އުރީދޫން ބުނީ މި ޕާޓްނަޝިޕްގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ހެޔޮ އަގެއްގައި، އެކި ވައްތަރުތަކުގެ އިލެކްޓްރޯނިކްސް އާއި ގެޖެޓް ފޯރުކޮށްދީ، ފަސޭހަކަމާ އެކު އެތަކެތި ގަނެ ގެއާ ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީ އެންމެންނަށްވެސް ތަޖުރިބާ ކުރެވޭނެ މަގުފަހިކޮށްދީ ބަޖެޓާ ރައްޓެހި ޕްރޮޑަކްޓްތަކުގެ އިތުރުން މަތީފަންތީގެ ޑިވައިސްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ އައިއެމް ޓެކުން މި ޕާޓްނަޝިޕް ހެދި މަގުސަަދުކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ އައިއެމް ޓެކްގެ ޕްރޮޑަކްޓްތަކާ އެކު މޫލީ މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޓެކް ޑިވައިސްތައް ހެޔޮ އަގުގައި އެއްތަނަކުން ގަނެވޭނެ ކަމަށެވެ.
ތަފާތު ވައްތަރުގެ ސްމާޓްފޯނާއި ލެޕްޓޮޕުން ފެށިގެން ގޭމިން ކޮންސޯލްތަކާއި ގޭތެރޭގެ ސާމާނު ފަދަ ތަކެތި އެކި އަގުތަކުގައި މިހާރު ކޮންމެތާކުން ކޮންމެ ވަގުތެއްގައިވެސް އޮންލައިންކޮށް ބަލާ އަދި އެފަރާތަކަށް ކަމުދާ އަދި ބަޖެޓާ ރައްޓެހި ސާމާނު ގަނެ ގެއާ ހަމައަށް ޑެލިވަކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ ޑިވައިސްތައް ސީދާ ގޭދޮށަށް ޑެލިވަރީ ކޮށްދިނުމުގެ ފަސޭހަކަން މިހާރު ލިބިގެންދާނެ ކަމުގައެވެ. މިކަމުގެ ސަބަބުން ރާއްޖޭން ބޭރުން ޑެލިވަރީގެ ދިގު ވަގުތުތަކުގައި ދިމާވާ ދަތިތައް ނައްތާލައި، ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހަރުދަނާ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ މޫލީ އާއި އައިއެމް ޓެކްގެ ޕާޓްނާޝިޕްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކޮށްލެވޭ ކަމަށެވެ. އިތުބާރު ކުރެވޭ މާޗަންޓެއްގެ ގޮތުގައި އައިއެމް ޓެކް ޕްރޮމޯޓްކޮށް މޫލީގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ތާއީދުކޮށް، ލޯކަލް އިގުތިސޯދު ކުރިއެރުވުމުގެ މުހިންމުކަމާ މެދު އާންމުންގެ މެދުގައި ރަނގަޅު ވިސްނުމެއް އުފެއްދުން ކަމަށް އުރީދޫން ބުނެއެވެ.
ހެޔޮ އަގެއްގައި ލިބެން ހުރި އިލެކްޓްރޯނިކްސް އަދި ގެޖެޓްތައް ދެނެގަތުމަށް މޫލީގެ އައިއެމް ޓެކް ސްޓޯރަށް ޒިޔާރާތްކޮށްލާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;