ads
ކުރިން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން——
ރަހީނު ކުރިމައްސަލަ: ކުޑަކުއްޖާ ގެއަށް، ބޮޑުމީހާގެ ބަންދަށް 15 ދުވަސް
ދިވެހި ތިން ފިރިހެނަކު ރަހީނު ކޮށްގެން ގެގުޅުނު މައްސަލައިގައި ހައްޔަރު ކުރި ކުޑަ ކުއްޖާ އާއިލާއާ ހަވާލުކޮށް، ހައްޔަރު ކުރި އަނެއް މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.

ފުލުހުން ބުނީ އިއްޔެ، ހެންވޭރު އަބަދަށްއުފާމަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުގޮސް ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ މީހުން ސަލާމްތްކޮށްފައިވާ ކަމަށެވެ.

ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށާއި އެ މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާރު އެމީހުންވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ބައެްފަރާތްތަކުން ބުނާގޮތުގައި ރަހީނުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. އެކަން އެނގިފައިވަނީ އެމީހުން ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ކުރިން ފުލުހުން ބުނީ އެމީހުންނަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށެވެ. އެކަމަކު ފަހުން ބުނެފައިވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

އެމީހުން ރަހީނު ކޮށްފައިވަނީ ޑްރަގް ކާޓެލްއެއް ހިންގާ ތަނެއްގައި ކަމަށް ބެލެވޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކުރިން ފުލުހުން ބުނެފައިވަނީ އެފަދަ ތަންތަން ހުއްޓުވާނެ ކަމަށެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަވާ ތަންތަނަށް މީހުން ވަނަ ނުދީ ހިފެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް 2921 ވަނައަހަރު ސެޕްޓެމްބަރުގައި ފަސާފައިވެއެވެ.

އޭރު ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފާހަގަ ކުރެވިފައިވާ ތަންތަނަށް މީހުން ވަނަ ނުދީ ހުއްޓުވުމަށް ހެނދުނު 7:00 އިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. 

އެ ގޮތުން އެފަދަ ތަންތާގައި 24 ގަޑިއިރު މި އޮޕަރޭޝަންގެ ތެރެއިން ޑިއުޓީ ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވެރިފަރާތަައް ގާނޫނީ އިންޒާރު ވެސް އޭރު ދިނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް