މިކަން ފާހަގަކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭސީސީއާއި ފުލުހުންނާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި މައްސަލަތައް ބެލުމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އިތުރު ވަގުތާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހެއްކާއި ގަރީނާ ހޯދުމަށް މަސައްކަތްތައް އަވަސްކުރުމަށާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.
ގައުމީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ. އަދި ކޮރަޕްޝަނުގެ ސަބަބުން ހަމައެކަނި ތަރައްގީއަށް ހުރަސް އެޅުމުގެ އިތުރުން ގައުމުގެ އެންމެ ބޮޑު އެސެޓްކަމުގައިވާ ރައްޔިތުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ބުނެފައިވެއެވެ.