އުމަރު ނަސީރުގެ ކެންޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ހައްލަކީ އުމަރުކަން ޔަގީންކޮށްދޭން އޭނާއަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން މަސައްކަތް ކުރެއްވިކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތުން 43 ގޭންގު ލީޑަރުންގެ ފައިގައި ޓެގުއެޅުވި އެއްވެސް މިނިސްޓަރެއް އެނާ ނޫނީ ނުހުންނާނެކަމަށެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރައްވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވީ އޭނާ އެ މަސައްކަތް ކުރެއްވީ އެނަގެ "ކަނާއަތް ބަނދެފައި" ހުއްޓާކަމަށެވެ.
މީގެ ކުރިން ސީއެންއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ވެސް އަދި ދެވަނަ ބުރުގައިވެސް ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.