ads
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް
މަޖިލިސް ހުއްޓުވާލީ ވައްކަން ކުރަންވެގެން: ޝިޔާމް
ރައްޔިތުންގެ މަޖިލީސް ހުއްޓުވާލާފައިވަނީ ސަރުކާރުން ވައްކަން ކުރަން ބޭނުންވެގެން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭ ހިސާބުން ދެން މަޖިލީސް ކުރިއަށް ގެންދާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. 

"އެ ހިސާބުން އެ މަރުތަޅު އެޅުވުނީއޭ. ކޮންމެހެން ނުޖެހޭ ލިޔާކަށެއް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުދާނޭކޭ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގަ އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ މަޖިލީހުގެ ރިޔާސަތު ކުރިއަށް ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސްކަމަށް. ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ ރިޔާސާތު ބަލަހައްޓާނީ ނައިބު ރައީސް ކަމަށް. މަރުތަޅު މި އެޅުވީ ސަރުކާރުން ވައްކަން ކުރަން،" ޝިޔާމް މިއަދު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުމުން، މިނިވަން މުއައްސަސާތައް ވެސް ޖަވާބުދާރީ ނުކުރެވޭނެކަމަށެވެ. 

ނައިފަރު ދާއިރާގެ މެންބަރު ވަނީ 247 ވަނަ މާއްދާގެ ށ ގައިވާ ހާލަތަަށް މިހާރު މަޖިލީހުގެ ކަންކަން ގޮސްފައިވާކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ "ވަކިކަހަލަ ކަމެއްގެ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ ހިނދުގައި އެކަމަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ މުއްދަތައް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސް އަށް ލިބިގެންވާ" ކަމަށެވެ. 

މައަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ހާލަތައް ކަންތައްތައް މިއަދު މި ދިޔައީ "ރައީސުލްޖުމްހޫރިޔާ މަޖިލީހަށް ބިރު ދައްކަވާ" ވަރުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް