ads
ގާޒީ ފަހީމް
ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި 23 މާޗް 2022 ގައި އެމައްސަލާގައި ނޯޓިސް ދެވުނު ކަމަށެވެ. އަދި އޭނާގެ މައްޗަށް އެމައްސަލަ ސަބިތު ނުވާކަމަށް ނިންމީ 24 މެއި 2023 ގައި ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި ގާޒީ ހަސަން ފަހީމާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ, ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި, މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެެއް ހާމައެއް ނުކުރެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޖޭއެސްސީން މިމައްސަލަ ސާބުތު ނުވާކަމަށް ނިންމިއިރު މިމައްސަލަ ތަހުގީގުކުރަން ނިންމައި, ތަހުގީގު ކޮމިޓީއެއް އެކުލަވައިލީ 2022 މާޗް 16 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް