މި ބިލަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވޯޓް އަމިއްލަ އަށް ދިނުމުގެ ބޭނުމަކީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގާ އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ފާހަގަޖަހަން ބޭނުންވާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމަށް ގާނޫނަށް ހުށަހެޅުނު އިސްލާހެކެވެ.
މި އިސްލާހު ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 51 މެންބަރުންނެވެ. މީގެ ތެރޭގައި އިދިކޮޅު މެންބަރުންވެސް ހިމެނެ އެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.
އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާހާއި އެކު ފެނުމުން މަހުރޫމުވެފައިވާ މީހުން ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި ޕްލާސްޓިކް ޓެމްޕްލޭޓެ ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވަމުން މެންބަރު ޖީހާން ވިދާޅުވީ މިފަދަ ޓެމްޕްލެޓެއް ގާއިމު ކުރެވުމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަތަކަަށް ވަރަށްގިނަ ހައްގުތައް ފަހިގެންދާނެ ކަމަށާ، އޭގެ ތެރޭގައި ނުފޫޒެއްނެތި އެމީހެއްގެ ފުރިހަމަ އިހުތިޔާރުގައި ވޯޓް ދެވުމާއި، ވޯޓްގެ ސިއްރު ހިފެހެއްޓުމުގެ ހައްގު އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
ފެނުމުން މަރުހޫމްވެފައިވާ މީހުން ބޭނުން ކުރާ ޓެމްޕްލޭޓަކީ ބޭރުގެ އެހެން ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ ޓެމްޕްލޭޓެކެވެ.