ads
ހަސަން އަފީފް މަޖިލީހުގެ ރިޔާސަތުގައި
އަފީފް ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލު ކުރައްވައިފި އެވެ

މިއަދު މެދުންދުރަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާ ލެއްވުމަށް ފަހު އަފީފް ރައީސް އޮފީހަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ ރައީސް ބައްދަލު ކުރެއްވީ އަފީފްގެ އެދިވަޑައިގަތުމަށެވެ. ބެލެވޭ ގޮތުގައި މަޝްވަރާ ކުރައްވާނީ މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޝްވަރާގެ މަތިވެރި އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް އަފީފަށް މަޝަވަރާ ދެއްވި ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ދުރު ކުރުމަށް އެމްޑީޕީން މިހާރު ވަނީ ހުށަހަޅާފައެވެ. މިމައްސަލަތައް ހުށަހެޅިފައިވަނީކޮށް މަޖިލީހުގެ ރައީސް ވަނ|ީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރި ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލަސާއަށް އެމްޑީޕީން ވަނީ ރައީސް ނަޝީދާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އެ ޕާޓީން މިއަދު ވަކާލާތު ކުރަމުން ދިޔައީ އެމައްސަލަ ނިމެންދެން މަޖިލީސް މެދުކަނޑާނުލައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް