ads
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ރައީސް ނަޝީދު
އިލެކްޝަންސް ކޮމިޝަނަށް ދިމާވެފައިވާ މައްސަލައަށް ދިޔާނާގެ ހައްލެއް
'ދަ ޑިމޮކްރޭޓްސް' ޕާޓީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން ދެ ވޯޓު ދެ ވޯޓުން އެއްވަރު ވެފައިވާތީ، ކުރީގެ އެޓާނީޖެނެރަލް ދިޔާނާ ސައީދު އެކަމަށް ހައްލެއް ހުށަހަޅުއްވައިފިއެވެ.

މިގޮތުން މި މައްސަލައިގައި މިއަދު ވާހަކަ ދައްކަވަމުން ދިޔާނާ ވަނީ އިލެކްޝަން ކޮމިޝަނުގެ ދެ މެންބަރުން ދެމެންބަރުންގެ މެދުގައި ވޯޓު "ޓައި" ވުމުން ވަކި ކޮޅަކަށް ނިންމާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ. 

ރޭ އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާގައި ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގެންނެވީ، ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރަކު ހައްޖަށް ވަޑައިގެން ހުންނެވުމުންނެވެ. އެ ޕާޓީ އުފައްދަން ހުއްދަ ދޭން ފެނޭތޯ ނެގުނު ފެންނަ ނުފެންނަ ވޯޓުވަނީ ދެ ވޯޓު ދެ ވޯޓުން އެއްވަރުވެފައެވެ. 

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު އިއްޔެ މީޑިއާތަކަށް ވިދާޅުުވެފައިވަނީ "ދެ ވޯޓު ދެ ވޯޓުން އެއްވަރުވުމުން ހުއްދަ ނުދެވުނު" ކަމަށެވެ. 

މި ވާހަކަތަކަށް މުހާތަބު ކުރައްވައި ދިޔާނާ ވިދާޅުވީ، "ހައްޖަށް ވަޑައިގެންނެވި ބޭފުޅާއާއެކު ޓީމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވަންޖެހޭ. ހުދު ޝަރީއަތުގައި ވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް ބައިވެރިވެވޭ. ވީއިރު މިކަން ވެސް ނިމޭނެ،" ކަމަށެވެ. 

ދިޔާނާ މި ފަދަ ހައްލެއް ހުށަހަޅުއްވާފައިވާއިރު، ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދެވުމަށް މަސައްކަތްކުރާ 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ހުއްދަ ނުލިބިގެން އުޅެނީ ސަރުކާރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއް މަސައްކަތް ކުރާތީކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން މިއަދު ވަނީ ތުހުމަތު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް