ads
ފަސްޓްލޭޑީ ފަޒްނާ އަހުމަދު
ސިޔާސަތު އެކުލެވާލުމުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ފަސްޓްލޭޑީ
ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި އެކުދިންގެ ސީދާ ބައިވެރިވުން އޭގައި އެކުލެވެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބަނޑޮސް މޯލްޑިވްސްގައި "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ކުޑަކުދިންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމުމުގެ މަރުހަލާތަކުގައި އެކުދިންގެ ބައިވެރިވުން އޮތުމުގެ މުހިންމު ކަމަށެވެ.

އެގޮތުން ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނާކަމަށް ފަޒްނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ހައްދުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީކަމަށާއި ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ހައްދުތަކާބެހޭ ބައިނަލްއަގްވާމީ މުޢާހަދާ (ސީ.އާރް.ސީ)ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް