ads
ރައީސް ނަޝީދާއި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައްދަލު ކުރައްވަނީ. -- ފޮޓޯ: މިހާރު
ރައީސް ނަޝީދު ވިދާޅުވީ މީ ޑިމޮކްރެސީގައި ކަޅު ދުވަހެއްކަމަށް: އިދިކޮޅު
ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮއްވާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި މަޖިލީހުގެ ރައީސްއާއި އެކު ދެކެވުނީ މަޖިލިސް ހުއްޓިފައި އޮތުމުން އެކަމާ އޮތް ކަންބޮޑުވުމުގެ ވާހަކަ ކަމަށް އިދިކޮޅުން ބުނެފި އެވެ.
Advertisement

މަޖިލީހުގެ ގޯތިތެރޭގައި ހުރި ކުޑައެއްގެ ދަށުގައި ރައީސް ނަޝީދާއި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައްދަލު ކުރައްވަން ތިއްބާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ދިޔަ ވަގުތަކީ ރައީސް ނަޝީދުވެސް މަޖިލީހުގައި އުޅުއްވާ ވަގުތަކާއި ދިމާވުމުން މަޖިލިސް ހުއްޓިފައި އޮތް އޮތުމުގެ ކަންބޮޑުވުން އެމަނިކުފާނާއި ހިއްސާ ކުރެއްވުމަށް ބައްދަލު ކުރެއްވީ ކަމަށެވެ. 

"ރައީސް ނަޝީދުވެސް ވިދާޅުވީ އެމަނިކުފާނުވެސް ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މީ. ސަރުކާރުން މަޖިލިސް ތަޅުއަޅުވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމުން. ރައީސް ނަޝީދު ސިފަ ކުރެއްވީ މިއީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ކަޅު ދުވަހެއްގެ ގޮތުގައި،" - ޝިޔާމް

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދާއި އެކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި މުޅިންވެސް ދެއްކީ މަޖިލީހުގެ މަސައްކަތްތަކާއި ބެހޭ ވާހަކަތައް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ރިޔާސަތުގައި އިންނަންވާނެ ބޭފުޅެއްގެ މައްސަލަ ހައްލުވުމުންކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ. މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ، ދެ ބޭފުޅުންނަށްވެސް ނޯޓިސް ދީފައިވާތީ މަޖިލީހުގެ ރައީސްއަށް އަދި ނައިބު ރައީސްއަށްވެސް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.

މިހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ބާރު ލިބިގެން ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު މަޖިލިސް ރައީސްއަށް ކަނޑައެޅެއެވެ. ނަމަވެސް އެ މެމްބަރަކަށް ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތުކަމަށް ގަވާއިދުގައި ބުނެއެވެ.

މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިއްޔެގެ ޖަލްސާއާއި އެކު ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވާތީ، ދެން އިތުރު ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ގަވާއިދު ތަނެއް ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް