ads
ކެނެޑާ ސަފީރާ އިދިކޮޅުން ބައްދަލުކުރަނީ
އިދިކޮޅުގެ ކަންބޮޑުވުންތައް ކެނެޑާއާއި ހިއްސާކޮށްފި
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރާއްޖެއަށް ކެނެޑާއިން ހަމަޖައްސަވާފައި ހުންނަވާ ސަފީރު، އެރިކް ވޮލްޝް އައީ ބައްދަލުކޮށް އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.

އިދިކޮޅުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޔާމިން ހައްޔަރުކޮށްފައި ހުރުމާއި، ރައްޔިތުންގެ މަޖިލިސް 'މަރުތަޅު' އަޅުވާފައި އޮތުމާ، ރާއްޖޭގައި އިންސާނީ ހައްގުތައް ނުލިބޭ މައްސަލަ ހުޅުހަޅާފައިވެއެވެ. 

މި ބައްދަލުވުމަށްފަހު ޕްރޮގްރެސިވް ކޯލިޝަނުގެ ޕާޓީއެއްކަމަށް ޕީއެންސީގެ ނައިބު ލީޑަރު މުހައްމަދު ސައީދު ވަނީ ކެނެޑާއިން ދިވެހިރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

ސައީދުވެސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާއާއި އަދި ރާއްޖެއާއި ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ކެނެޑާ ސަފީރަށް ހުށަހެޅުނުކަމަށެވެ. 

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ވަނީ މިދިޔަ ހަފްތާތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގައި މުޒާހަރާ ވެސް ކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކުރަން މަސައްކަތް ކުރަމުން އަންނަކަމަށް އިދިކޮޅުން ބުނެއެވެ. 

އިދިކޮޅުން ގެންދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވެސް ރަސްމީ ވާހަކަތަކެއް ދައްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް