ads
ރާއްޖޭގެ ފަހު ޕްރެކްޓިހުގައި
ބޫޓާނާ ދެކޮޅަށް ރާއްޖޭން ސައްތައިން ސައްތަ ރެކޯޑެއް
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭން ބޫޓާނާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭން މިހާތަނަށް ބޫޓާން އަތުން ސީނިއަރ ފުޓްބޯޅައިގައި ބަލިވެފައެއް ނުވެއެވެ.
Advertisement

މިހާތަނަށް އެކި މުބާރާތްކުގައި ރާއްޖެއާ ބޫޓާން ވަނީ ނުވަ ފަހަރު ބައްދަލުކޮށްފަ އެވެ. މިރޭގެ މެޗަކީ ރާއްޖެއާ ބޫޓާންގެ ދިހަވަނަ ކުރިމަތި ލުމެވެ. މިހާތަނަށް ރާއްޖޭން ބޫޓާނާ ދެކޮޅަށް ކުޅެފައިވާ ނުވަ މެޗުންވެސް ރާއްޖެވަނީ މޮޅުވެފައެވެ.

ރާއްޖެއާ ބޫޓާން އެންމެ ފަހުން ކުޅެފައިވަނީ 2018 ވަނަ އަހަރު، އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ ހަތް ލަނޑު ސުން ލަނޑުގެ ބޮޑޫ ތަފާތަކުންނެވެ. 

ރާއްޖެއާ ބޫޓާން އެންމެ ފުރަތަމަ ކުޅެފައިވަނީ 1984 ވަނަ އަހަރުއެވެ. އެ ފަހަރު އެއް ލަނޑު ސުން ލަނޑުން މޮޅުވެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ލިބުން ވެގެންދިޔައީ ރާއްޖެ ފުޓްބޯޅައިން ހޯދި ފުރަތަމަ މެޑެއްޔަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބޫޓާނާ ދެކޮޅަށް ކުޅުމަށްފަހު ދެން ރާއްޖޭން ކުޅޭނީ ބަންގްލަދޭޝްއާއެވެ. އެއަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭ ނުކުންނާނީ ލުބްނާނާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;