ads
އަގުހުރި އިނާމުތަކަކާ އެކު ރާއްޖެއަށް ޗާޖްޑް ތައާރަފުކުރުން ފާހަގަކުރަން ޕްރޮމޯޝަނެއް ވަނީ ފަށާފައި - ފޮޓޯ:ކޮކާ-ކޯލާ
އަގުހުރި އިނާމުތަކަކާ އެކު ރާއްޖެއަށް ޗާޖްޑް ތައާރަފުކުރުން ފާހަގަކުރަނީ
ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުން ފާހަގަކުރަން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮކާ-ކޯލާއިން ބުނީ މި ޕްރޮމޯޝަން އިފްތިތާހުކުރުމަށް ހާއްސަ ހަފުލާއެއް މީރުމާ އިވެންޓް ހޯލުގައި އިއްޔެ ބާއްވާފައިވާ ކަމަށެވެ. އެ ހަފުލާގައި ފާހަގަކޮށްލެވޭ މެހެމާނުންނާއި އެކި ސިނާއަތްތަކުގެ އިސް ފަރާތްތަކާއި އިންފްލުއެންސަރުންނާއި މީޑިއާގެ މެންބަރުން ބައިވެރިވި ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ އެ ހަރަކާތުގައި، ޗާޖްޑްގެ އާދަޔާ ހިލާފު ރަހަ ބައިވެރިންނަށް ތައާރަފުކުރެވުނު ކަމަށެވެ. 

ހަފުލާގައި ބައިވެރިވި ފަރާތްތަކަށް ޗާޖްޑްގެ ބެރީ ރަހަ ތަޖުރިބާކޮށްލައި، ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއްގެ ބައިވެރިއެއްގެ ގޮތުގައި ބޭނުން ކުރުމަށް އިންތިޒާރުކުރަމުން އައި ބުއިމުގެ އަޖުމަ ބަލާލުމުގެ އިތުރުން މި ބްރޭންޑުން ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅާ ގޮތް ދެނެގަތުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

"ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ރަހަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭ ފަދަ އީޖާދީ ބުއިންތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ. އަޅުގަނޑުމެންގެ އުންމީދަކީ އަދި ކުރާ ތަސައްވަރަކީ، ބެރީ ރަހަލާ ޗާޖްޑްއަކީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތައް އިތުރުކޮށް، މުޅި އަހަރު ތެރޭގައި ވެސް ހަރަކާތްތެރި ޖަޒީރާ ދިރިއުޅުމެއް ވޭތުކުރުމަށް އެންމެންނަށް ވެސް އެންމެ ކަމުދާ ބުއިމަށް ވެގެން ދިއުން،" - ކޮކާ-ކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ

ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕް އާ ގުޅިގެން ޗާޖްޑްއިން ވަނީ ކަސްޓަމަރުންނަށް ހިތްގައިމު ޕްރޮމޯޝަނެއް ފަށައި، ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ޒަމާނީ ހަ ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ބެނެލީ ސައިކަލު ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކުން:

  • ޖުލައި 2 އަދި 22 ގައި
  • އޮގަސްޓް 5 އަދި 19 ގައި
  • ސެޕްޓެމްބަރު 2 އަދި 16 ގައި

ކޮކާ-ކޯލާއިން ބުނީ މިއިން ކޮންމެ ރެއެއްގެ 9:30 ގައި ޓީވީއެމްއިން މި އިވެންޓް ދައްކާނެ ކަމަށެވެ.

your imageއަގުހުރި އިނާމުތަކަކާ އެކު ރާއްޖެއަށް ޗާޖްޑް ތައާރަފުކުރުން ފާހަގަކުރަން ޕްރޮމޯޝަނެއް ވަނީ ފަށާފައި - ފޮޓޯ:ކޮކާ-ކޯލާ

ޗާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626 އަށް ފޮނުވުމުން 'ގެޓް ޗާޖް އެންޑް ވިން' ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

ކޮކާ-ކޯލާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ބެނެލީ ސައިކަލުގެ އިތުރުން ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ކަސްޓަމަރުންނަށް ހޯދޭނެ ކަމުގައެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން، ޗާޖްޑްގެ ދިވެހި އޯޑިއަންސަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ ގޮތަށް މާކެޓިން ކެމްޕެއިންތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށެވެ. 'ގެޓް ޗާޖްޑް އެންޑް ރީޗާޖްޑް' ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކާއި ޗާޖްޑް ބުއިމާ އެކު، ކަސްޓަމަރުންގެ ހިތް ދަމައިގަނެ، ރާއްޖޭގެ މާކެޓަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

"ކުރިއަށް އޮތް ދަތުރާ މެދު ވަރަށް ބޮޑަށް އުފާކުރަން. ޗާޖްޑްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. ހަމަ އެ އާއެކު، މިއަދު މި އިފްތިތާހުކުރި ހިތްގައިމު ޕްރޮމޯޝަން ހަގީގަތަކަށް ހެދުމުގައި ބެނެލީ އާއި ލޮޓަސް ބައިކް ޝޮޕުން ބައިވެރިވި، އަޅުގަނޑުމެންނަށް ދިން އަގުހުރި އެހީތެރިކަމަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. 'ޗާޖްޑް' އާއި 'ބެނެލީ' މި ދެ ބްރޭންޑް އެކުގައި ފެނިގެން ދިއުމަކީ ޗާޖްޑް ރާއްޖެއަށް ތައާރަފުކުރުން 'ސުޕަޗާޖު'ކޮށްދޭ ކަމެއް،" - މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ

ކޮކާ-ކޯލާއިން ބުނި ގޮތުގައި ސައްތައިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުން ކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައި ކަމުގައެވެ. މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަނުގެ އިތުރު މައުލޫމާތާއި އެންމެފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް