ads
ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތަށް ބޭނުންވާ ފެރީތައް އެމްޓީސީސީން ޓެސްޓްކުރުން - ފޮޓޯ:އެމްޓީސީސީ
އަންނަ މަހު ހުވަދު އަތޮޅުގައި ފަށާ ފެރީގެ ހިދުމަތަށް ބޭނުންވާ ފެރީތައް ޓެސްޓްކޮށްފި
ހުވަދު އަތޮޅުގައި އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ އާރުޓީއެލް ފެރީގެ ހިދުމަތަށް ބޭނުންވާ ފެރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޓެސްޓްކޮށްފިއެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފެށި އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ހަ ފެރީއެއް ބޭނުން ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

މިދިޔަ އެޕްރީލު މަހު އަލްޝާލީ މެރިންއިން ވަނީ އޭގެ ތެރެއިން ފުރަތަމަ ފެރީގެ މަސައްކަތް ނިންމުމަށްފަހު އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. ހައި ސްޕީޑު ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 65 ފެރީ ބަންނަމުން ދަނީ އެ ކުންފުނިންނެވެ.

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އާރުޓީއެލް ފެރީތައް ޓެސްޓު ކުރުމަށް އެމްޓީސީސީން ކުރި ދަތުރުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ފެރީގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓީމުންވަނީ ބައިވެރިވެފައެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީ އަލަށް ބަނދެފައިވާ ފެރީތަކުގެ ފަންކްޝަންތަކާއި ފެރީތަކުގެ ފަސޭހަކަން އިންސްޕެކްޓްކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ އާރުޓީއެލް ފެރީތަކަކީ އާންމުންނަށް ދަތުރުކުރުމުގައި އެންމެ ރައްކާތެރި އަދި ހިތްގައިމު ފެރީތަކަކަށް ހެދުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތަށް ބޭނުންވާ އިތުރު ހަ ފެރީއެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނީ އެއީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށެވެ.

your imageހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތަށް ބޭނުންވާ ފެރީތައް އެމްޓީސީސީން ޓެސްޓްކުރުން - ފޮޓޯ:އެމްޓީސީސީ

ހުވަދު އަތޮޅުގައި އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ އާރުޓީއެލް ފެރީގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް ފެރީގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ.، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ ޅ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް