ads
ހިޔާ ފްލެޓުތަކެއް
ހިޔާ ފްލެޓްތަކުން މާދަމާ މެންދުރުފަހު ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ
މާދަމާ ހިިޔާ ފްލެޓްތަކުން މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަަށީގެންވާ ކަމެއްކަަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓޭލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ސްޓެލްކޯއިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

މާދަމާ ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

ސްޓެލްކޯއިން ވަނީ ދާދިފަހުން މާލެ ސަރަހައްދުގެ ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ބޭނުންކުރާނެ އިމަރޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމާލާފައެވެ.

މިއިންޖީނުގެ ތައްޔާރުކޮށްފައިވަނީ ހުޅުމާލޭ ބާ އިންޖީނުގޭގައެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުގޭގެ ޕަވާ ޕްލާންޓަކީ 20.2 މެގަވޮޓްގެ ކެޕޭސިޓީގެ ޕަވަރޕްލާންޓެއް ކަމަށެވެ. 

އަދި މިއާއިއެކު ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް