ads
ސީއެމްޑީއޭއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން: ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި - ފޮޓޯ:ސީއެމްޑީއޭ
ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ސީއެމްޑީއޭއިން ތަމްރީނު ޕްރޮގްރާމެއް
ސިޓީތަކާއި ރަށު ކައުންސިލުތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހަމަޖައްސައިފިއެވެ.

ސީއެމްޑީއޭއިން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ޒޫމް މެދުވެރިކޮށް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކައުންސިލަރުންނަށާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށްނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ސީއެމްޑީއޭއިން ބުނެފައިވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 30 މީހަކަށް ކަމަށެވެ. ޕްރޮގްރާމުގައި ބައިވެރިވެވޭނީ 1،000 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ސީއެމްޑީއޭއިން ބުނި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން 7923151 ނުވަތަ 3014119 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމަކީ ސީއެމްޑީއޭގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް