ads
އަމީން އިބްރާހީމް
ސަރުކާރު ގެންނަން ގިނަ މަސައްކަތްކުރިން، މިހާރު ލަދުގަނޭ: އަމީން
މިއަދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނީތީ މިއަދު ހިތާމަކޮށް ލަދު ގަންނަކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރެއްވީ ވިޔަފާރިވެރިންނަށް ކުރާ އަނިޔާއާއި ފުރައްސާރައިގެ ސަބަބުން ކަމަށާއި މިއަދުގެ ހާލަތަކީވެސް އެއީކަމަށެވެ. 

"މި ސަރުކާރަކީ އަޅުގަނޑުމެން ޝާމިލުވެގެން ގެނައި ސަރުކާރަކަށް ވީއިރު، މިއަދު އަޅުގަނޑު ހިތާމަ ކުރަމޭ، އަޅުގަނޑު ލަދުގަނޭ މި ބޭބޭފުޅުން ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތާއި ހެދި ލަދުގަނޭ މިއަދު،" މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވިއެވެ. 

އަމީންގެ ވާހަކައަށްފަހު އެވާހަކައަށް ތާއިދު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީއާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު އޮތްކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެމަނިކުފާނުގެ ކުންފުނީގެ ދަށުގައިވާ ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވަނީ ސަރުކާރުން އަޑީގައި އޮވެގެންކަމަށް ވެސް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް