ads
ތިމާވެށި އުޅަނދު އެހެލާފައި
އިންޑިއާގައި ބަނދެގެން ގެނައި "ތިމާވެށި" މަރާމާތަށް އެހެލައިފި
ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި ދިރާސާތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އިންޑިއާގައި ބަނދެގެން ގެނައި "ތިމާވެށި" އުޅަނދު ގެނައިތާ ގިނަ ދުވަހެއް ނުވެ މަރާމާތު ކުރުމަށްޓަކައި އެހެލައިފިއެވެ.
Advertisement

މި އުޅަނދަކީ ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އުޅަނދެކެވެ.

މި އުޅަނދަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭ މެރައިން ޝިޕްޔާޑާއި ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އުޅަނދުގެ ޢަމަލީ މަސައްކަތްނިމި އިންސްޕެކްޝަން އަދި ސީ ޓްރައިލްގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައެވެ. 

މި އުޅަނދުގެ މެއިން ޑެކްގައި ތިން މީހުންގެ ޖާގައިގެ  ދެ ކޮޓަރި، ފާހާނާއާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މި ޑެކްގައި މަސައްކަތަށް ހާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރ އަށް ހާއްސަ ރޫމަކާއި އިތުރު ހަތަރު މީހުންގެ ޖާގައިގެ ތިން ކޮޓަރި ހިމެނޭކަމަށާއި، މި އުޅަނދާއެކު އިމަރޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މިހާ އާބޯޓެއް ގެނައިތާ ގިނަ ދުވަސްތަކެއް ނުވެ އެހެލައި އިތުރަށް މަރާމާތު ކުރަން ޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް