ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު: ވިދާޅުވީ ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިންގެ ކުރިއެރުމަށް އޮތް މުހިންމު މަގެއް ކަމަށް - ފޮޓޯ:އެސްޓީއޯ
ކަނޑު ދަތުރުކުރުމަކީ ދިވެހިންގެ ކުރިއެރުމަށް އޮތް މުހިންމު މަގެއް: ސައީދު
ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑުކަމަށް ވާތީ، ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިންމު މަގެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ސައީދު ވިދާޅުވެފައިވަނީ ދިވެހިންގެ ދިރިތިބުމަށާއި ކުރިއެރުމަށް ކަނޑުދަތުރުފަތުރަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކަނޑުމަތީގެ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަމުގެ ޝިއާރުގެ ދަށުން މިއަހަރު ފާހަގަކުރި ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ އެމްޑީ ސައީދު ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެސްއެސްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްއެސްއެސްގެ ބޯޓުފަހަރުގައި ތިމާވެއްޓާ ރައްޓެހި އާލާތްތައް ހަރުކުރެވި، ބޭނުން ކުރަން ފަށާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގަވާއިދުތަކަށް އައި ބަދަލުތަކާ ގުޅިގެން އެމްއެސްއެސްގެ ބޯޓުފަހަރުގައި އަންދަމުންދާ ތެލުގެ ސާފުކަން ވަނީ އިތުރުކުރެވިފައި ކަމުގައެވެ. އެކަމުގެ ސަބަބުން ޖައްވަން ބޭރުވެގެންދާ ވިހަ ގޭސްތައް މަދުކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2010 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް