އެމްޑީޕީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދިވެހިރާއްކޭއަށް ރަނގަޅު ހެޔޮބަދަލާއި ތައްގީ ގެނެވުނުކަމަށެވެ. އޭގެ ތެރޭގައި އުފަން ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ފަހިކުރެވުނުކަމަށެވެ.
ފައްޔާރު ވިދާޅުވީ އެމްޑީޕީއަކީ "ހަސަބާއި ނަސަބަށް" ބަލާ ޕާޓީއެއް ނޫންކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް 18 އަހަރު ފުރުނު ދުވަހު ވީހާވެސް ގިނަ ޒުވާނުން އެ ޕާޓީއާއި ގުޅުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ "ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު މި ޕާޓީގެ މެންބަރުންނަށް މާބޮޑު" ކަމަށެވެ.