މާފަރު ކައުންސިލުން މިގޮތަށް އިލްތިމާސް ކުރިއިރު ސިފައިން ވަނީ މިރޭވެސް އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައެވެ.
"ނުފެނިއްޖެ ނަމަ މާދަމާ އިތުރު ސިފައިން ފޮނުވާނަން،" -އެމްއެންޑީއެފް-
މާފަރު އެއާޕޯޓުގެ މުވައްޒަފަކު ކޮށްފައިވާ ވީޑިއޯއިން ފެންނަނީ މިނިކާވަގެެއްފަދަ ބޮޑު ޖަނަވާރެެއް ހިނގާފަ ދާ ތަނެވެ.
އެރަށު ކައުންސިލުން ބުނެފައިވަނީ އެ ޖަނަވާރު 'ބުޅަލަކަށްވުރެ ބޮޑު' ކަމަށެވެ. ނަމަވެސް އެއީ މިނިކާވަގެއް ކަމަށް ކަނޑައެއް ނާޅައެވެ.
'މިނިކާ ވަގެެއްފަދަ އެެއްޗެެއް ފެނިއްޖެ' ކަމަށް ބުނެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;