ads
މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖޯޝް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ބްރަދާސްއާ ލަވެންޑާ ބައްދަލުކުރަންޖެހިއްޖެ
ނ. ހެނބަދޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ބްރަދާސްއާ ލަވެންޑާ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

ބްރަދާސްއަކީ މި މުބާރާތުގެ އެންމެ ފަހުގެ ރަނާއަޕް ޓީމެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހާސިލްކޮށްފައިވަނީ ޔަންގް ޝޫޓާސްއިންނެވެ. 

މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ. 

މިފަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެއެވެ. މުބާރާތް ތާވަލުކުރެވިފައި އޮތީ މިއަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި މުބާރާތުގެ އެއްވަނަ ހާސިލްކުރާ ޓީމަކަށް ތަށްޓާއި މެޑަލްގެ އިތުރުން 8000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. އަދި ދެވަނައަށްދާ ޓީމަކަށް މެޑަލްގެ އިތުރުން 4000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވެއެވެ. 

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސީއެންއެމްއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ބެސްޓް ބައި މޯލްޑިވްސް އާއި ސިލިކާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް