ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ، ދިރާސީ އައު އަހަރާއެކު އަލަށް ކިޔަވައިދޭން ފަށާ ސްކޫލު އިމާރާތްތަކުގެ ތެރޭގައި، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާ، ދެވަނަ ފިޔަވަހީގެ ސަލާހުއްދީން ސްކޫލުގެ އިތރުން ސީއެޗުއެސްސީގެ އައު އިމާރާތް ވެސް ހިމެނެއެވެ.
އަލަށް މިފެށޭ ދިރާސީ އައު އަހަރާއެކު ބައެއް ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން އިން ބުނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކޫލްތަކުގެ ވަސީލަތްތައް ހަމަކުރެވުނު މިންވަރުން އެއްދަންފަޅިއަށް ނިމުނު ދިރާސީ އަހަރުގެ ތެރޭގައިވެސް ވަނީ ބަދަލުކޮށްފައެވެ.