އެ ޖަމިއްޔާއިން މި މަޝްވަރާތައް ފެށީ ސަރުކާރުން 12،000 އަށްވުރެ ގިނަ ގޯތި މާލޭ ސަރަހައްދުން މާލެއިން ގޯތި ހައްގުވާމީހުންނަށް ދޭން ނިންމައި އެކަން ގެޒެޓުގައި އިއުލާނުކުރުމާއި ގުޅިގެންނެވެ.
އެ ޖަމިއްޔާއިން ހުރިހާ ޝޯޝަލް ހައުސިން ޔުނިޓުތަކެއް ނުވަތަ ސަރުކާރުން ދޫކޮށްފައުވާ ހުރިހާ ފްލެޓްތަކެއްގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ކޮށްފައިވަނީ މިއަދު ހިޔާ ފްލެޓުތަކުގައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން މިއަދު ބައްދަލުވުމުގައި ބައިވެރިވި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރަހައްދުގެ ގޯއްޗަކީ "އަގުބޮޑު" އެއްޗަކަށްވާއިރު ބައެއް މީހުންނަށް ފްލެޓް ލިބި ބައެއް މީހުންނަށް ގޯތި ލިބުމަކީ އިންސާފެއް ނޫން ކަމަށްބުނެއެވެ.
ފްލެޓްތަކުގެ ކުއްޔާމެދު އެ ޖަމިއްޔާގެ ބައިވެރިން ނިންމާގޮތެއް ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް 'ދަ ކޮމަނާސް' އިން ބުނެއެވެ.