ލޫކަސް ވަނީ ދާދިފަހުން ނިޔާވި އޭނަގެ ބައްޕަ މުހައްމަދު ޖަމީލްގެ ރަހުމަތްތެރި ބޭފުޅެއްކަމުގައިވާ އަދުރޭ އަދި ނަރީޝް އާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް ދެ ބޭފުޅުންނަށް ބ.ކުޑަރިކިލުގެ އެކިއެކި ތަންތައް ދައްކަވާލައްވާފައެވެ.
ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އަދުރޭ އާއެކު ލޫކަލް ޖަލީލު ފޮޓޯ ނެގިނަމަވެސް، ސަރުކާރު ޕްރޮމޯޓު ނުކުރާތީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެމްޑީޕީގެ ސިޔާސީ ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ވަނީ ލޫކަސް އަށް ނަސޭހަތް ދެއްވާފައެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ސިޔާސީ މަގާމެއްގައި ހުންނެވި ނަަމަވެސް ލޫކަލް ޖަލީލް ދާދިފަހުން ވަނީ ރައީސް ނަޝީދަށް ތާއީދު ކުރާ މީހުން އުފެއްދި 'ދަ ޑިމޮކްރޭޓްސް' އާއި ގުޅިވަޑައިގެންފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;