ads
ޖަލްސާއެއްގައި އުމަރު ވާހަކަ ދައްކަވަނީ
ކެމްޕެއިން ޓީމްގައި އުޅުއްވާ ފަރާތްތަކަށް ކޮންމެހެން މަގާމުތަކެއް ދޭކަށް ނުޖެހޭނެ:އުމަރު
ސަރުކާރެއް ހޮވުމަށްފަހު، ސަރުކާރު ހޮވުމަށް ކެމްޕެއެއިން ކުރައްވާ ފަރާތްތަކަށް، ކޮންމެހެން މަގާމުތަކެއް ދޭކަށް، ނުޖެހޭނެ ކަމަށް 2023 ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީމް ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ "ސީއެންއެމް ޓީވީގެ 23 ރިޔާސީ ރޭސް" ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ކެމްޕެއިނާ ގަވާނެނެސްސާ އެއީ ދޭއްޗެއް ކަމަށާއި، ނަމަވެސް އެއީ ވަރަށް ގިނަ ބަޔަށް އޮޅުން އަރާފައިވާ އެއްޗެއް ކަމަށެވެ.

"ކެމްޕެއިން ޓީމަށް މާދަމާ ގަވަރުމެންޓާއި ހަވާލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން" އުމަރު ވިދާޅިވިއެވެ.

ސަރުކާރު ހޮވުމަށް ކެޕްޕެއިން ކުރެއްވި ނަމަވެސް، ސަރުކާރާއި ހަވާލު ކުރާނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ހޮވާލެވޭ އެންމެ މޮޅެތި މީހުން ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ވިސްނުން ކޮށި ކަމަށާއި، އެ ފަރާތްތަކަށް ހީވެފައިވަނީ ސަރުކާރު ހޮއްވެވުމަށް ކެމްޕެއިން ކުރައްވާ އެންމެނަށް، ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ. އޭގެ ނަތީޖާ ހިތި ކަމަށާއި، ފެންނަނީ ތަނެއްގައި ވަޅި ހަރާމީހާ ޑެޕިއުޓީ މިނިސްޓަރަކަށް ނުވަތަ ކޮންމެވެސް ތަނެއްގައި ވައްކަން ކުރަން އުޅޭމީހާ ކޮމިޝަނަރަކަށް އައްޔަން ކުރެވިގެންދާ ތަން ކަމަށް ވެސް އުމަރު ވިދާޅުވެފައި ވެއެވެ.

ކަން މިހެން އޮތުމުން ކެމްޕެއިން ޓީމާއި، ސަރުކާރު ހިންގުން ވަކިކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ސިޔާސީ މަގާމުތައް ވަނީ ސަރުކާރު ހޮވުމަށް ކެމްޕެއެން ކުރެއްވި ބައެއް ފަރާތްތަކަށް ދެއްވާފައެވެ. އެގޮތުން ދާދިފަހުން ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެމްޑީޕީގެ އެކްޓިވިސްޓެއް އަދި އެމްޑީޕީގެ މަޑަވެލި ދާއިރާގެ ރައީސް، އިބްރާހިމް ނާފިޒު (ޗިކާ) އަށް އެ މަގާމު ދެއްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް އޭރު ފާޑު ވިދާޅުވެފައެވެ.

އެގޮތުން ފާޑު ވިދާޅުވި ފަރާތްތަކުން ބުނެފައިވަނީ ޗިކާ އަކީ ކަނޑި ގެންގުޅުނު މައްސަލައެއްގައި އޭނާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައި މީހެއް ކަމަށާއި، އަދި ނޫސްވެރިންތަކަކަށް ހަމަލާ ދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސަރުކާރެއް ހޮވުމަށްފަހު، ސަރުކާރު ހޮވުމަށް ކެމްޕެއެއިން ކުރައްވާ ފަރާތްތަކަށް، ކޮންމެހެން މަގާމުތަކެއް ދޭކަށް، ނުޖެހޭނެ ކަމަށް އުމަރުގެ ވާހަކަގައި އިޝާރާތް ކުރައްވާފައިވަނީ މިފަދަ ހަބަރުތަކާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް