މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބޭއްވީ ރާއްޖޭގައެވެ. މިފަހަރުގެ މުބާރާތް ލޯންޗުކުރީ މިއަދުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، އަހްމަދު މަހްލޫފެވެ.
މިފަހަރުގެ މުބާރާތް ތާވަލުކޮށްފައިވަނީ މިއަންނަ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 12 ގެ ނިޔަލަށެވެ. މުބާރާތް ކުރިއަށްދާނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 15 ގައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ ސާފަރުން ވަނީ ވާދަކޮށްފައެވެ. މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން ބައުލޫމާތުދޭ ގޮތުގައި މިފަހަރުގެ މުބާރާތުގައި 20 ގައުމަކުން ވާދަކުރާނެއެވެ.
މިއީ ރާއްޖޭގައި މިއަހަރު ބާއްވާ ހަވަނަ އިންޓަނޭޝަނަލް މުބާރާތެވެ.