ads
ކަނޑުގަދަ ދުވަހެއްގައި ފެރީ ދަތުރުކުރަނީ---
މޫސުން ގޯސްވެ ކަނޑުގަދަވާނެތީ ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް މާދަމާ ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރާއި މެދުރާއްޖެއަށް މާދަމާ ވައިގަދަ ވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުންޏެވެ. އެ އިދާރާއިން ބުނީ ވައިޖެހޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 18 މޭލު ބާރު މިނުގައިކަމަށެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ. 

"ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ،" -މެޓު-

މިހަފްތާއަށް ބަލާއިރު އަންގާރަ ދުވަހަށްފަހު ދެކުނަށް ކުރަމުންދާ ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިކުރާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އެހެންނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދަށް ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މެޓު އޮފީހުން ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް