އޭނާ މިއަދު ވެއްޓުނީ ގޮނޑިއަކަށް އަރައިގެން ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައިކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީ މުވައްޒަފެކެވެ. އޭނާއަކީ ދާރުލް އާސާރުގެ ސެކިއުރިޓީ ބެލެހެއްތުން ހަވާލުކޮށްފައިވާ ކުންފުނީގެ މުވައްޒަފެކެވެ.
މި ހާދިސާގައި އެނާ ހޮސްޕިޓަލަށް ގެންދިޔައީ ދާރުލް އާސާރުގައި ޑިއުޓީ ކުރަން ތިބި ފުލުހުންނެވެ.
އޮޕަރޭޝަނެއް ވެސް ކޮށްފައިވާއިރު، އެނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.