އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި ކެމްޕެއިން ކުރައްވަމުން އަންނަ ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވީ ނަޝީދަކީ އިސްލާމްދީނާ ބީރައްޓެހި ބޭފުޅެއްކަމަށެވެ.
އޭނާ އަކީ ވަރަށް ދީނާ ދުރު މީހެއްކަމަށާ، އަދި އިސްލާމީ ޝަރީއަތުގައި ހިފަން ބޭނުންވާ މީހެއްކަމަށްވެސް އުމަރު ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން ނަޝީދަކީ ދީނާ ބީރައްޓެހި ބޭފުޅެއްކަމަށާ، ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް މަސައްކަތްކުރެއްވި މަންޒަރު ފެނުނު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެހެންކަމުން ދުވަހަކުވެސް ނަޝީދާއެކު މަސައްކަތެއް ނުކުރެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.