ads
އެސްޓީއޯގެ ކުޜީގެ އެމްޑީ ހުސެއިން އަމްރު
ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކައަށް އަމްރު އެންމެ ފަހުން މާފަށް އެދިއްޖެ
މިނިވަން ނޫސްވެރިކަމާ ގުޅޭގޮތުން ނޫސް ކޮންފަރެންސެއްގައި ވާހަކަދެއްކުނު ގޮތާ ގުޅިގެން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރު މައާފަށް އެދިވަޑައިގެންފިއެވެ.
Advertisement

ޕީޕީއެމް އަދި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތު ދީގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރި ސުވާލުތަކާ މެދު ހިތްހަމަނުޖެހިގެން އެ ދެ ޕާޓީގެ ބޭފުޅުން ވަނީ ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތައް ކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއްބާރުކަމަށެވެ.

އަދި އެ ބާރުގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭކަން ފާހަގަކުރައްވާ އަމްރު ވަނީ، މީގެ ދެދުވަސް ކުރިން ނޫސް ކޮންފަރެންސްއެއްގައި މިނިވަން ނޫސްވެރިކަމުގެ މުހިއްމު ކަމުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ފާހަގަކުރެވުނުކަމަށާއި އެ މޭރުމުން ވާހަކަ ގެންދެވުނުކަމަށްޓަކައި މައާފަށް އެދިފައެވެ.

އަމްރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމުގަ ޒިންމާދަރުވުން ކަމަށެވެ. އެހެންކަމުން ފުރިހަމަ މިނިވަންކަން ލިބިފައިވާ މީޑިއާއެއް ރާއްޖޭގަ ގާއިމްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭނެ ކަމަށް. އެކަން ވުމަށްޓަކައި ގާނޫނަކުން ބާރު ލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށް ވެސް ގާނޫނަކުން ބާރު ލިބިގެން ފައިސާ ލިބުމުން ސަރުކާރެއްގައި އޭރަކު ތިބޭ ބައެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ޖާގަ ލިބޭނެ،" އެ ލިޔުމުގައި ވެ އެވެ.

ނޫސްވެރިންނާއި ޕްރެސް ދެއްވި ދެ ބޭފުޅުންނާ ދެމެދު ކޮންމެ ވެސް ވަރަކަށް ހޫނުވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް އަމާޒުކުރި ތުހުމަތުތައް ސާބިތުކޮށްދޭން ހެކި ދެއްކުމަށް ވެސް ބައެއް ނޫސްވެރިން އެދުނެވެ. އަދި އެ ކަން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާން ވެސް ނެރުނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް