ފުލުހުންގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން މިއަދު ބުނެފައިވަނީ މިފަދަ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މި މައްސަލަ އާއި ގުޅުންހުރި އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއްވެސް ނުވެ އެވެ.
"އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މެސެޖުގައި ލިޔެފައިވެ އެވެ
މޫކޭ ސީއެންއެމް މިރޭ ވިދާޅުވީ މިފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަންވެސް އެނގިފައި ނުވާ ކަމަށާއި، މިފަދަ ކަމެއް އުޅޭނަމަ ފުލުހުންގެ މުއައްސަސާ އަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއްވެސް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑަށް އެނގިފައެއް ނުވޭ އެއްވެސް މައްސަލައެއް ފުލުހުންނަށްވެސް އަދި އެހެން ފަރާތަކަށްވެސް އޮތްކަމެއް. މި ކަހަލަ ކަމެއް އުޅޭނަމަ މި ހުރީ އެ މުއައްސަސާ އަށްވެސް ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއްދީގެން މިކަން ބަލަން ތައްޔާރަށް." ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މޫކޭ ދެންމެ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;