ads
ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ލުމުގެ ތެރެއިން / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް
ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އިންޑިއާއަށް ދައުވަތެއް ނުދެން: އީސީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އަވަށްޓެރި އިންޑިއާ ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް ( އީސީ ) ބުނެފިއެވެ.

އީސީން މިއަދު ހާމަކުރި ގޮތުން ދައުވަތު ނުދޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދިނީ އެ ގައުމުތަކުން ވެސް އެ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ނުދޭތީއެވެ. 

މިއަހަރު ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދީފައިވަނީ 15 ގައުމަކަށެވެ. ދައުވަތު ދިން ކޮންމެ ގައުމަކުން ދެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެއެވެ. އެކަމަކު މި ބޭފުޅުންގެ ޓިކެޓު ހަރަދު އަދި އިންޝުއަރެންސް ހަރަދު އިލެކްޝަންސް ކޮމިޝަނުން ނުކުރާނެއެވެ. އެކަމަކު ހުރުމާއި، ކެއުމާއި އަދި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް އީސީ އިން ކުރާނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން ކުރިއަށްދާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް