ads
ޖިންނިއެއްގެ ފޮޓޯކަމަށް ބުނެ ޓުވިޓާގައި އާންމުކޮށްފައިވާ ފޮޓޯއެއް
މެންދަމު އިވުނު އަޑާއި ދުވި ވަހުގެ ނާމާންކަން އެނގުނީ ހެނދުނު ހޭލުމުން
އެއީ ވަރަށް ހާއްސަ ރެއްގެ މެންދަމެވެ. އެ ނާމާންކަން ކަން އާލިޔާގެ ހިތުން އަދިވެސް ފިލައިގެން ނުދެއެވެ.
Advertisement

އާލިއާގެ ދެބޭންގެ ދެދަރި ކުއްޖަކު ކައިވެނިކުރާތީ އާލިއާގެ އާއިލާ މީހުންގެ ގާތުގައި އެމީހުން އެދިފައިވަނީ ބިރިޔާނި ކައްކައިގެން ކައިވެނީގެ ހަފުލާއަށް އައިސްދިނުމަށެވެ. 

ބިރިޔާނި ކައްކަން ލިބުނީ ކުޑަ ވަގުތުކޮޅެއްކަމުން ކައްކައި ނިންމައިގެން ކައިވެނީގެ ހަފުލާއަށް ދަމުން ބަދިގޭގައި ހުރި ހިފައިގެންގުޅޭ ސާމާނު އެމީހުން ދިޔައީ ބަދިގޭގައި ބަހައްޓާފައެވެ. އެއީ ކައިވެނީގެ ހަފްލާ ނިންމުމާލުމަށްފަހު އައިސް ސާފުކުރުމުގެ އުންމީދުގައެވެ. 

ހަފްލާ ނިންމައި ގެއަށްއާދެވުނުއިރު މެންްދަންވަނީއެވެ. މިހެންކަމުން އާލިއާމެން ނިންމީ ބަދިގޭގައި ހުރި ސާމާނު ހެނދުނު ސާފުކުރާށެވެ. 

މެންދަމު 3:00 ހާއިރެވެ. ނިދަން އޮއްވާ ބަދިގޭތެރެއިން އަޑެއް އިވެންފެށިއެވެ. އަދި ބަދިގެއިން ބިރިޔާނި ކައްކާ ވަސް ވެސް އާލިޔާއަށް ދުވަންފެށިއެވެ. ނަަމަވެސް އެއީ އޭނާއަށް ހީވާގޮތްކަމަށް ނިންމައި އެނބުރި ނިދަން ނިންމިއެވެ. އެއީވެފައި ހުރިލެއް ވަރުބަލިކަމުން ބަދިގެއަށް ގޮސް ވީގޮތް ބަލާނެ ހިތްވަރުވެސް ނެތުމުންނެވެ.

ހެނދުނު ހޭލެވުނީ 10:00 ހާއިރުއެވެ. އެއީ އާލިއާގެ މަންމައާއި ބައްޕަ ޒުވާބުކުރާ އަޑަށެވެ. ވީގޮތް ބެލިއިރު ބަދިގޭގައި ބިރިޔާނި ކައްކަން ނަގާ ބަހައްޓާފައި ހުރި ލޮނާއި ތަފާތު މިރުހާއި ހަވާދުގެ ބާވަތްތަކުގެ އެއްވެސް އެއްޗެއްނެތެވެ. ހުރިހާ އެއްޗެއް ވަނީ ގެއްލިފައެވެ. 

އެހިސާބުން ކުއްލިއަކަށް އާލިއާގެ ކަންފަތުގައި ގުގުމާލީ އެނާގެ މާމަ މާކުރިން ބުނެފައިއޮތް ވާހަކައެކެވެ. "ޖިންނީންނަކީ އިންސާނުން ކައިބާކީ ހުންނަ ތަކެތި ކާބައެއް. އަދި ބައެއްފަހަރު އެއްޗެހިވެސް ފޮރުވާ ބައެއް،" މިއީ އާލިއާގެ މާމަ އެނާގާތުގައި ބުނެފައިވާ ބަސްތަކެކެވެ.

އެ ދުވަހަހަށްފަހު ދުވަހަކުވެސް އާއިލާއާގެ އާއިލާއިން ނިދާއިރު ބަދިގެ ހަޑިކޮށެއް ނުބަހައްޓައެވެ. އަބަދުވެސް ނިދަނީ ހުރިހާ އެއްޗެއްވެސް އެއެއްޗެއް ހުންނަތަކަށްލައި ސާފުކޮށްފައެވެ. 

23%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް