ޓޮމް މިހެން ބުނީ، 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ފުޅަކާ ގުޅިގެންނެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނަކު ފާނު އެދެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުވެސް އަދި ރައީސް ޔާމިން ވެސް ވާދަ ނުކުރެއްވުން ކަމަށެވެ. ރައްޔިތުން އެދޭ މަންޒިލަށް ދެވޭނީ އޭރުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއި ގުޅުވައިގެން މަހިބަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރު ވިދާޅުވީ، އެއް ކެނޑިޑޭޓް ފޯމިލާ އެބައޮތް ކަމަށާއި އެއީ އެއްބުރުން ރައީސް ސާލިހު ނޫންގޮތެއް ހޯދުމުގެ ފޯމިއުލާކަމަށެވެ.
ޓޮމް މިހެން ވިދާޅުވެފައިވާއިރު، ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެކަމަށް ވެސް ވިދާޅުވެފައެެވެ.