ads
އެމްޓީސީސީގެ ބައެއް ފަރާތްތަކާ އެކު ސީއީއޯ އާދަމް އާޒިމް: ވިދާޅުވީ އާރުޓީއެލް ފެރީގެ ހިދުމަތް ދިނުުމުގައި 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް - ފޮޓޯ:ސީއެންއެމް
ހުވަދޫގައި ފެރީގެ ހިދުމަތްތަކުގައި 80 މުވައްޒަފުން މަސައްކަތް ކުރާނެ: އާޒިމް
ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދިނުުމުގައި އެ ކުންފުނީގެ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމަށް ހަ އުޅަނދު ފުރުވާލުމަށް މިއަދު ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ތައްޔާރުވުމަށް މަސައްކަތްތައް ކުރަމުންދާ ކަަމަށެވެ. އެގޮތުން މުޅި ނެޓްވޯކަށް ބޭނުންވާ ގިނަ އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި ސޮފްޓްވެއާ ތައްޔާރުކޮށް ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ ޓްރެއިނިންގެ މޮޑިއުލްގެ ހުރިހާ ކަމެއްވެސް މިހާރު ނިމިފައިވާ ކަމަށެވެ.  

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދިނުުމަށް އެ ކުންފުނީގެ 80 މުވައްޒަފުން މަސައްކަތް ކުރާނެކަން ހާމަކުރައްވާ އާޒިމް ވިދާޅުވީ އެ މުވައްޒަފުންނަކީ އަށް ލޯންޗް އޮޕަރޭޓްކުރުމަށް ނަގާ މުވައްޒަފުން ކަމަށެވެ. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިން ދޭނެ ކަމަށާއި އެ މަސައްކަތް މިހާރު ތިނަދޫގައި ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ ޓްރެއިނިންގެ ތެރޭގައި ހެލްތް އެންޑް ސޭފްޓީ އާއި ލީޑަޝިޕާއި ޓީމް ވޯކް އާ ގުޅުންހުރި ޓްރެއިނިންތައް ދޭނެ ކަމަށެވެ. އެއިން ކޮންމެ ޓްރެއިނިންއަކީ ވަކިވަކިން ކުރިއަށް ދާނެ ޓްރެއިނިންތަކެއް ކަމަށް އާޒިމް ފާހަގަކުރެެއްވިއެވެ.

އާޒިމް ވިދާޅުވެފައިވަނީ ޓްރެއިނިންތައް ކުރިއަށް ގެންދާނީ އެމްއެންޑީއެފްއިންނާއި ޕޮލިހުންގެ އިތުރުން އެ ކުންފުނީގެ ފަރާތުން ކަމަށެވެ. އެގޮތުން ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭ ޓްރެއިނިންތަކާއި ކަނޑުމަތީގައި ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ޓްރެއިނިން އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ ޓްރެއިނިން ދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާރުޓީއެލް ހިދުމަތް ފުރިހަމަކޮށް ލިބެމުން ދަނީ އެ ކުންފުނިން މުވައްޒަފުން ޓްރެއިން ކުރުމަށް ދޭ ސަމާލުކަމުގެ ބޮޑުކަމުން ކަމުގައެވެ. އޮންނަ އުސޫލުން އުތުރުގެ ޓްރެއިނިންތައް މިހާރުވެސް ހިނގަމުންދާނެ ކަމަށާއި ހިދުމަތް ފެށޭއިރު އަލަށް ނެގޭ މުވައްޒަފުންނަށް ޓްރެއިނިންތަކެއް ދެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

your imageއާރުޓީއެލް ފެރީތައް: ހުވަދު އަތޮޅުގައި ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު - ފޮޓޯ:ސީއެންއެމް

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުއެވެ. ފެރީގެ ހިދުމަތްތައް ފެށުމަށްފަހު އެއް ހަފުތާ ވަންދެން ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ އެ ދަތުރުތަކަކީ އާރުޓީއެލް ފެރީގެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދަތުރުތަކެއް ކަމަށެވެ. 

ހުވަދު އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ އާރުޓީއެލް ފެރީގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ފެރީގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ.، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ ޅ. އަތޮޅުގައިވެސް ފެރީގެ ހިދުމަތް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް