ads
އާސިމް އަދި އޭނާ އާންމުކޮށްފައިވާ ކޭބަލް ކާރުގެ ފޮޓޯތައް
ރާއްޖެ ކޭބަލް ކާރުން ގުޅާލެވޭނެ ގޮތުގެ ތަސައްވުރެއް ފިލްމީ ތަރި އާސިމް ހާމަކޮށްފި
ދިވެހިރާއްޖެ ކޭބަލް ކާރުން ގުޅުވާލުމުން އޮންނާނެ ގޮތް ދިވެހިރާޢްޖޭގެ މަޝްހޫރު ފިލްމީތަރި އަހުމަދު އާސިމް ހާމަކޮށްފިއެވެ.
Advertisement

އެކްޓިންގެ އިތުރުން ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ވީޑިއޯ އެޑިޓަރު އާސިމް އާންމުކުރި މި ފޮޓޯތަކުން ފެންނަނީ އެއް ރަށުން އަނެއްރަށަށް ކޭބަލް ކާރު އަޅާފައިވާ މަންޒަރެވެ. 

މާލެއާއި ކ. ކާށިދޫއާއި ދެމެދު ކޭބަލް ކާރު އެޅުމަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެލައްވާފައިވާ ވައުދެކެވެ. 

"އެއީ ކާށިދޫ ގަ ކޭބަލް ކާރު އަޅުއްވާ ވާޖަކަ ކާށިދޫ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައިވާތީ ރާއްޖޭގެ މަތިން ފެންނަ ގޮތް ހަމަ ޝެއާ ކޮށްލީ،" ސީއެންއެމްއާ ވާހަކަ ދައްކަމުން އާސިމް މިއަދު ބުންޏޭވެ.

އާސިމް ބުނީ މި ފޮޓޯތަކަކީ އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކެއް ކަމަށެވެ. ގިނަ އައު ކަންތަތަކެއް ވެސް ތަޖުރިބާ ކުރުމަުން އަންނަ އާސިމް ދާދިފަހުން ވަނީ އޭނާއާއި ވާހަކަދެއްކޭ އޭއައި ބޮޓެއް ވެސް ތައްޔާރުކޮށްފައެވެ. 

އާސިމް ބުނާގޮތުން އެނާ އަންނަނީ "ލޯނެތްބޯ" ގެ ނަމުގައި އެނިމޭޓެޑް ސީރީޒް އެއް އުފެއްދުމުގެ މަސައް ވެސް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓުކޮށް އުފައްދާފައިވަނީ 'ވިހާލި' ސީރީޒް އެވެ. ބައިސްކޯފުން ދެއްކި މި ސީރީޒްއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.  

50%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް